އަލިފާން

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީ ބޯޓެއްގައި ރޯވެ ގެއްލުންތައް ވެއްޖެ އެވެ. އެ ސަފާރީގެ އެތެރޭގައި މީހަކު އޮތް ކަމަށް މައުލޫމާތު ލިބޭތީ ގެންދަނީ ބަލަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ ހުޅުމާލޭ ފަޅުގައި އޮތް "ވެލާ" ނަކަމަށް ކިޔާ ސަފާރީގައި ކަމަށެވެ. އަދި ބުނީ އެ އުޅަނދުގައި ރޯވެފަައިވާ އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމަކުން ހަރަކާތްތެރިވެ އެ އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަލިފާނުގެ އެހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9.00 ޖެހި އިރު އެވެ

އަލިފާން ރޯވެފައި ވަނީ ސަފާރީގެ އިންޖީނު ރޫމާއި އޭގެ ގެގަނޑުގަ އެވެ.