ޔޫއެން

ކުއްލި ހާލަތު އުވާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައިފި

Feb 6, 2018
3

ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރޭ ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު ވީ އެންމެ އަވަހަކަށް އުވާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައިފި އެވެ.

އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އޭނާގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ހާލަތު ގޯސްވަމުން ދާތީ އާއި ރާއްޖެގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ސިފައިން ބޭނުން ކޮށްގެން ސުޕްރީމް ކޯޓަށް ބާރުގެ ބޭނުން ކޮށްގެން ވަދެފައިވާތީވެ ކަންބޮޑުވާ ކަމަށެވެ.

ބަޔާނުގައި ވަނީ، ކޯޓުތަކުގެ ހުރުމަތް ކަނޑާނުލައި ކޯޓުތަކުން ނިންމާ ނިންމުން ތަކަށް އިހުތިރާމް ކުރުމަށް ގޮވާލާފައި ވެއެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި ޖުޑީޝަރީގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ބޭރުގެ ގިނަ ފަރާތްތަކަކުން ދަނީ އެކަމާއި ގުޅިގެން ކަންބޮވުން ފާޅު ކުރަމުންނެވެ.