ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އާ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލެއަށް

Feb 6, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އާ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށް، އިތުރު ފަސޭހަތަކެއް ގެނެސްދީފި އެވެ.

ބީއެމްއެލްއިން އާ އިންވެސްޓްމަންޓްތަކެއް ކުރުމުގެ ގޮތުން ސެލްފް ސާވިސް އޭޓީއެމް ހުޅުވާފައިވަނީ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުންނެވެ.

ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައި ދެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.

މުޅިން އަލަށް ހުޅުވި އާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން ވިލިމާލޭގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗަށް ވެސް ބީއެމްއެލްއިން ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ވިދާޅުވީ މިއަދު ހުޅުވުނު އާ ސެލްފް ސާވިސް ބޭންކިން ސެންޓަރުން ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.