އުމަރު ނަސީރު

ޑިކްޓޭޓަރުންނަށް މި ގައުމުގައި ސަލާމަތެއް ނުވެވޭނެ: އުމަރު

ދިވެހިންނަކީ އެ މީހުން ގަބޫލު ކުރާ ހަމަތައް ދޫކޮށްލާނެ ބައެއް ނޫން ކަމަށާއި މި ގައުމުގައި ޑިކްޓޭޓަރުންނަކަށް ސަލާމަތެއް ނުވެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީހު މީގެ ހަ އަހަރު ކުރިން ވެސް މިފަދަ ހަމަލާތަކެއް ޖުޑިޝަރީއަށް ދީފައިވާ ކަމަށާއި ނަމަވެސް އެއީ ނާކާމިޔާބުވެފައިވާ އުކުޅުތަކެއް ކަމަށެވެ. އަދި ދިވެހިންނަކީ އެމީހުން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ދޫކޮށްލާނެ ބައެއް ނޫން ކަމަށާއި ޑިކްޓޭޓަރުންނަށް ސަލާމަތެއް ނުވެވޭނެ ކަމަށެވެ. އަދި އެ މީހުން 7 ފެބްރުއަރީ އިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ގާސިމްގެ ދަރިކަލުން ސިޔާދު ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލާ ކަމަށެވެ.