ވިޔަފާރި

"ލަނިއަކިއާ" އިން ރާއްޖެއަށް ހިއުމަން ރިސޯސް ސޮފްޓްވެއާއެއް

Feb 8, 2018

ލަނިއަކިއާ ޓެކްނޮލޮޖީސް އިން ރާއްޖޭގެ ފުރަތަމަ ކްލައުޑް ބޭސް ހިއުމަން ރިސޯސް މެނޭޖުމަންޓް ސޮފްޓްވެއާ ތައާރަފުކޮށްފި އެވެ.

"ރަސް ހިއުމަން ރިސޯސް" ސޮފްޓް ވެއާގެ ނަމުގައި ރާއްޖެއަށް ލަނިއަކިއާ ޓެކްނޮލޮޖީ އިން ގެނެސްދިން މި ސޮފްޓް ވެއާއަކީ ވަޒީފާ ދޭ ފަރާތްތަކަށް މުވައްޒަފުންނާއި ހިއުމަން ރިސޯސްގެ ގިނަ ކަންތައްތަކެއް ފަސޭހަކަމާއެކު ބެލެހެއްޓޭ ސޮފްޓްވެއާ އެކެވެ.

"ރަސް ހިއުމަން ރިސޯސް" ފަރުމާކޮށްފައިވަނީ ހުރިހާ މައުލޫމާތު ތަކެއް އެއް ޑޭޓާ ބޭސް އަކުން ބެލެހެއްޓޭ ގޮތަށެވެ.

މި ސޮފްޓް ވެއާގެ ހާއްސަވާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުން މެނޭޖުކޮށް ބެލެހެއްޓުމާއި ސެންޓްރަލައިޒް ޑޭޓާ ސިސްޓަމަކަށް ވުން އަދި މުވައްޒަފުންގެ ހާޒިރީ ބަލަހައްޓަން ހާއްސަ ވުން ހިމެނެ އެވެ. މީގެ އިތުރުން އޮޓޮމޭޓެޑް ސޮފްޓް ވެއާއަކަށްވުމާއި ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ބޭނުންކުރެވޭ މޮބައިލް ސޮފްޓްވެއާ އަކަށްވުން ހިމެނެ އެވެ.

"ލަނިއަކިއާ" އިން ވަނީ ހިއުމަން ރިސޯސް ސޮފްޓް ވެއާއެއްގެ އިތުރުން ވިޔަފާރިތައް ބަލަހައްޓަން ހާއްސަ ގިނަ ސޮފްޓްވެއާ ތަކެއް ގެނެސްދީފަ އެވެ. މީގެތެރޭގައި ކަސްޓަމާ ރިލޭޝަންސް އާއި ރިޒަވޭޝަން އަދި ހޮޓާތަކާއި ގެސްޓްހައުސް އަދި ރިސޯޓުތަކުގައި ދޭ ބަޓްލާ ހިދުމަތް ބަލަހައްޓާ ސޮފްޓްވެއާތަކުގެ އިތުރުން އެކައުންޓިން ސޮފްޓްއާތައް ވެސް ހިމެނެ އެވެ.