ފެޝަން

ލެކިއުޓް އިން 2000 ރުފިޔާގެ މޭކަޕް ހިލޭ ދެނީ

ރާއްޖެއަށް ތާފަތު އެކި ވައްތަރުތަކުގެ މޭކަޕް ބްރޭޑުތައް ތައާރަފުކުރަމުންދާ ލެ ކިއުޓް އިން މިދިޔަ މަހު ވަނީ އާ ބްރޭންޑެއްގެ މޭކަޕެއް ކަމަށްވާ ތުރުކީގެ "ފްލޯމާ" ބްރޭންޑް ރާއްޖެއަށް ނެރެފަ އެވެ.

މި ބްރޭންޑުގެ މޭކަޕް ތައާރަފްކުރުމުގެ މުނާސަބަތުގައި ލެ ކިއުޓުން މިހާރު ވަނީ މޭކަޕް ކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް "ފްލޯމާ" ބްރޭންޑުގެ ޕްރޮޑަކްޓުތައް ބޭނުންކޮށްގެން މޭކަޕްކުރުމުގެ މުބާރާތެއް ބާއްވަން ނިންމާފަ އެވެ. މި މުބާރާތުން އެއް ވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާގެ "ފްލޯމާ" ބްރޭންޑްގެ މޭކަޕް ލިބިގެންދާނެ އެވެ. އެމީހަކު ބޭނުންވައްތަރެއްގެ މޭކަޕްތައް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ލެ ކިއުޓުން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޖެހޭނީ ލެ ކިއުޓްގެ ފިހާރައަކަށް ޒިޔާރަތްކޮށްލައްވާށެވެ. ބައިވެރިވުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ މި މުބާރާތުގައި މޭކަޕްކުރަންޖެހޭނީ ލެ ކިއުޓްގެ ފިހާރަތަކުގައި މިހާރު ބަހައްޓާފައިހުރި ހުރި ފޭސް ޗާޓުތަކުގަ އެވެ. ލެ ކިއުޓުން ލިބެންހުރި ކޮންމެ ބްރޭންޑެއްގެ މޭކަޕްވެސް މޭކަޕްކުރުމަށް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ކޮށްފައިވާ މޭކަޕްގެ 50 އިންސައްތަ ވާންޖެހޭނީ "ފްލޯމާ" ބްރޭންޑްގެ މޭކަޕް ބޭނުންކޮށްގެން ކޮށްފައިވާ މޭކަޕަކަށެވެ.

މި މުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ވާދަކުރާ ފަރާތްތަކުން ކޮށްފައިވާ މޭކަޕްތަކުގެ ތެރެއިން އެންމެ މޮޅު ފަސް މޭކަޕެއް ވޯޓު ލައިގެން ހޮވާނެ އެވެ. މި ފަސް ވާދަވެރިން ދެން ދާނީ ދެ ވަނަ ބުރަށެވެ. ދެ ވަނަ ބުރުގައި މި ފަސް ބައިވެރިންނަށް ޖެހޭނީ މޮޑެލްއެއްގެ މޭކަޕް ކުރާށެވެ. އަނެއްކާވެސް ވޯޓު ލައިގެން އޭގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތެއް ހޮވާނެ އެވެ.

ލެ ކިއުޓުން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ މޭކަޕް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "ފްލޯމާ" ބްރޭންޑަކީ އާންމު ބޭނުންކުރާ ބްރޭންޑަކަށް ހެދުމެވެ. މި މުބާރާތުގެ ފުރަތަމަ ބުރު މި މަހު 15 އާއި ހަމައަށް ކުރިއަށްދާނެ އެވެ.

"ފްލޯމާ" މޭކަޕް ބްރޭންޑްއަކީ ކަލާ ކޮސްމެޓިކްސް އުފެއްދުމުގައި 47 އަހަރުގެ ތަޖުރިބާ އޮތް ބްރޭންޑް އެކެވެ. "ފްލޯމާ" އަކީ ތުރުކީގެ އެންމެ ނަން ހިނގާ ބޮޑެތި މޭކަޕް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެެވެ. މޫނާއި، ނިޔަފައްޗާއި، އަދި ތުންފަތުގެ އިތުރުން ލޮލުގެ ތަފާތު މޭކަޕް ޕްރޮޑަކްޓްތައް ނެރޭ ތުރުކީގެ މި ބްރޭންޑަކީ ޔޫރަޕްގެ މާކެޓްތަކުގައި ވެސް މަގުބޫލު ބްރޭންޑެކެެވެ.

ލެކިއުޓްގެ ފިހާރަތަކާއި ލެ ކިއުޓް އޮންލައިނުން މިހާރު ލިބެން ހުރި މި ބްރޭންޑުގެ މޭކަޕްތަކުގެ ތެެރޭގައި ލޮލާއި، މޫނާއި، ތުންފަތާއި، ނިޔަފަތި، އަދި އިނގިލީގައި ޖައްސާ އެކި ވައްތަރުގެ މޭކަޕް ޕްރޮޑަކްޓުތަކުގެ ތަފާތު ގިނަ ކުލަތަކާއެކު ލިބެން އެބަހުއްޓެވެ.