1 ފެބުރުއަރީގެ އަމުރު

ރާއްޖެއާ ގުޅުން ވަރުގަދަކުރަން މަޝްވަރާ ކުރާނަން: ޕާކިސްތާން

ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ވަރުގަދަކޮށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ. އެ ގައުމުން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖޭގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ޕާކިސްތާނަށް ވަޑައިގަންނަވާފައިވާ ކަމަށާއި މިނިސްޓަރާއެކު ޕާކިސްތާނުން މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޑރ. މުހައްމަދު ފައިސަލް މިއަދު ވަނީ ފޮރިން މިނިސްޓަރު އާސިމަށް މަރުހަބާ ދަންނަވައި ޓުވީޓެއް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އާސިމް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުން ކުރިޔަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ މައުލޫމާތު ދިނުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާސިމް ޕާކިސްތާނަށް ވަޑައިގެންނެވީ ދެ ދުވަހަށެވެ.