ހަބަރު

ސިފައިންނާ ގުޅޭ ގޮތުން ދޮގު ނުފަތުރަން އަންގައިފި

Feb 10, 2018
5

ދިވެހިން ސިފައިންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން ނުކުރުމަށް އެމްއެންޑީއެފްއިން އަންގައިފި އެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ މިވަގުތު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭ ފަދަ ގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަެުލޫމާތު ފަތުރަމުންދާ ކަމަށެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށް ބަޔާނުގައިވެ އެވެ. ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށްޓަކައި ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.