ވިޔަފާރި

އެޖެންޓުންގެ ފަރާތުން އަމާނާ ތަކާފުލްއަށް ބޮޑު ފައިދާއެއް!

Feb 11, 2018

އިންޝުއަރެންސް ޕެކޭޖުތައް ވިއްކާ އެޖެންޓުންގެ ފަރާތުން، އަމާނާ ތަކާފުލްއަށް ވިޔަފާރީގެ ގޮތުން 132 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ކުރިއެރުމުގައި އެޖެންޓުންނަކީ މުހިންމު ބައެއް ކަމަށެވެ.

"އެޖެންޓުންނަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ ބޮޑުބައެއް. ދެހާސް ސޯޅަ ވަނަ އަހަރާ ބަލާއިރު އޭޖެންޓުގެ ފަރާތުން ވަނީ 132 ޕަސެންޓް އިތުރުވެފަ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަމުންދާއިރު އޭޖެންޓުނަކީ ވެސް މުހިންމު ބައެއް،" ހަރީޒް ވިދާޅުވި އެވެ.

އެޖެންޓުންނަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ ބޮޑުބައެއް. ދެހާސް ސޯޅަ ވަނަ އަހަރާ ބަލާއިރު އޭޖެންޓުގެ ފަރާތުން ވަނީ 132 ޕަސެންޓް އިތުރުވެފަ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަމުންދާއިރު އޭޖެންޓުނަކީ ވެސް މުހިންމު ބައެއް
މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން

އަމާނާ ތަކާފުލްގެ އިންޝުއަރެންސް ޕެކޭޖުތައް ވިއްކުމުގައި 12 އެޖެންޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން މިއަދު ވަނީ އެޖެންޓުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދީފަ އެވެ. އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިލާ ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން އެވެ.

މި ރަސްމިއްޔާތުގައި ހަރީޒް ވިދާޅުވީ އެ ކުންފުނިން އަހަރުން އަހަރަށް ހިދުމަތް ރަނގަޅު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

"ކަސްޓަމަރުންނާ ފްރެންޑްލީކޮށް ހިދުމަތް ދޭ މިވަނީ ކާމިޔާބުތަކެއް ހޯދާފައި. މިހާރު މޮބައިލް އެޕާއި ވެބްސައިޓު މެދުވެރިކޮށްވެސް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ހޯދޭނެ،" ހަރީޒް ވިދާޅުވި އެވެ.

މާނާ ތަކާފުލްއަކީ ޝަރީއާ ހުއްދަކުރާ އިންޝުއަރެންސް ރާއްޖޭގައި ފުރަތަމަ ފެށި ކުންފުންޏެވެ. އަމާނާ ތަކާފުލް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2003 ފެށިގެންނެވެ.