ހަބަރު

ފުލުހުން ޑީޖޭއޭގެ ތަރުޖަމާން ހައްޔަރުކޮށްފި

Feb 11, 2018
8

ސުޕްރީމް ކޯޓްގެ ދަށުން ހިންގާ، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ސްޕޯކްސްޕާސަން، ފައިސަލް އާދަމް ހައްޔަރުކޮށް ސުވާލު ކުރަަން ފަށައިފި އެވެ.

ފައިސަލް އަކީ ޑީޖޭއޭގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީ އަދި އެ ޑިޕާޓްމަންޓްގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ވެސް ބަލަހައްޓާ ބޭފުޅާ އެވެ. އޭނާގެ ވަކީލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލްއާ ބައްދަލު ކުރަން ފުލުހުން އަދި ފުރުސަތު ނުދޭ ކަމަށެވެ.

އަދި އޭނާއާ ބައްދަލު ވާނީ، ހައްޔަރުކުރި، މީހެއްގެ ގޮތުގައި ފައިސަލްގެ މައުލޫމާތު ސިސްޓަމަށް އެންޓާ ކުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.