ވިޔަފާރި

މިލަދޫ ހިދާޔާ ސްކޫލަށް ބީއެމްއެލްގެ ދީލަތި އެހީއެއް

Feb 12, 2018

އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް ކެމްޕޭންގެ ދަށުން ނ. މިލަދޫ ސްކޫލަށް، ގައުމީ ބޭންކުން ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން މިމަހުގެ ކޮންމެ ދުވަހަކު ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފައިވަނީ ހިދާޔާ ސްކޫލަށެވެ.

އެ ބޭންކުން ދަނީ މިމަހުގެ 28 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅެއްގައި ސީއެސްއާރު ޕްރޮގްރާމް ހިންގަން ނިންމާފަ އެވެ. މި ޕްރޮގެރާމް އިފްތިތާހުކޮށްފައިވަނީ ފ. ނިލަންދޫގަ އެވެ. މި ޕްރޮގްރާމުގެ ދަށުން އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައިވެ އެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައު ތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރު މިހާތަނަށް 11 ހަރަކާތެއް ވަނީ ހިންގާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސާވިސް ބޭންކިން ސެންޓަރު، 93 އޭޓީއެމް، 4900 ޕީއޯއެސް މާޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.