ބޭރު ކުޅިވަރު

ކޮންޓޭގެ ޝުކުރު ޗެލްސީ ސަޕޯޓަރުންނަށް

ވެސްޓް ބްރޮމިޗް އަލްބިއަން ބަލިކުރުމަށްފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޯންޓޭ ޗެލްސީގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ. ނަތީޖާތަށް ދައްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން ކޮންޓޭއަށް ވަނީ އަމާޒުވެފަ އެވެ.

ބޯންމޮތު އަދި ވޮޓްފޯޑް އަތުން ތަފާތު ބޮޑުކޮށް ޗެލްސީ ބަލިވުމާއެކު ކޯންޓޭގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. ކޮންޓޭ އާއި ޗެލްސީ ބޯޑާ ދެމެދު އޮތް ގުޅުން ހީނަރު ވުމުގެ ސަބަބުން އޭނާ ޗެލްސީ ކޯޗުގެ މަގާމުން ވަކިކޮށްލުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށްވެސް ބައެއް އިނގިރޭސި މީޑިޔާ ތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޗެލްސީ ހޯދި ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފަ އެވެ. ވެސްޓް ބްރޮމް މިހާރު އޮތީ ތާވާލުގެ އެންމެ ފުލުގައި 20 ޕޮއިންޓާއެކު އެވެ.

ދަނޑު މަތީގައި ޗެލްސީގެ ތަފާތަކަށްވީ ބެލްޖިއަމް މިޑްފިލްޑަރު އެޑެން ހަޒާޑް އެވެ. ޗެލްސީގެ ފުރަތަމަ ގޯލް ހަޒާޑް ކަމިޔާބުކުރީ ފޯވާޑް އޮލިވިއޭ ޖިރޫޑް އާއި ޕާސް ބަދަލުކޮށްލުމަށްފަހު އޭރިޔާ ތެރެއިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ދެވަނަ ހާފްގައި ޗެލްސީ ލީޑު އިތުރަށް ފުޅާކޮށް މެޗުގެ ނަތީޖާ 0-2 ބަދަލުކޮށްލީ ވިކްޓާ މޮސެސް އެވެ. އަރިމަތިން ބޯޅަ ހިފައިގެން އެތެރެއަށްވަދެ ޑީއޭރިއާ ތެރޭގައި ހުރި ފަބްރިގާސް އާއި ޕާސް ބަދަލުކޮށްލުމަށް ފަހު މޮސެސް ވަނީ ފަބްރިގާސް ކުޅުނު ބޯޅަ ފަސޭހަކަމާއެކު ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

ޗެލްސީގެ ފަހު ގޯލް 71 ވަނަ މިނިޓުގައި ކާމިޔާބުކުރީވެސް ހަޒާޑް އެވެ. އަރިމަތިން އެތެރެއަށް ބޯޅަ ހިފައިގެން ވަދެ ކާރީގައި ހުރި ވެސްޓް ބްރޮން ޑިފެންޑަރު ޖޮނީ އެވަންސް ކާރިން ނައްޓާލުމަށްފަހު ހަޒާޑް އެއްފަހަރުން ފޮނުވާލަ ހަމަލާ އަމާޒުވީ ގޯލްގެ ނިއާ ޕޯސްޓަށެވެ.