ވިޔަފާރި

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

Feb 13, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިޖުތިމާއީ ޒިންމާގެ ދަށުން، ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

ބީއެމްއެލް އިން ކުރި އަށް ގެންދާ އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭންގެ 12 ވަނަ ހަރަކާތުގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ހަދިޔާ ކޮށްފަ އެވެ.

ބޭންކުގެ އިޖުތިމާއީ ޒިންމާ ހަރަކާތުގެ މަޝްހޫރު މި އަހަރު ފަށާފައިވަނީ ތަފާތު ގޮތަކަށެވެ. ބޭންކުގެ މުވައްޒަފުން ހާއްސަ ބެނާއަކާއެކު ބޭންކުގެ މައި އިމާރާތުގެ މަތިން ފައިބައިގެން ފެށި މި ހަރަކާތުގެ ބައެއްގެ ގޮތުން މި މަހު 28 ކަމެއް ކުރާނެ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުންވެސް ހިމެނެ އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.