ދިވެހި ސިނަމާ

"ކަނޑު އިިބިލީސް"ގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދަނީ

ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި އަހުމަދު ޒިޔާ ގުޅިގެން ތައްޔާރުކުރާ ކުޑަކުދިންގެ ފިލްމު "ކަނޑު އިބިލީސް" ގެ ޝޫޓިން ނިމި މިހާރު ކުރިއަށް ދަނީ ފިލްމު ޕްރިމިއާ ކުރުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

ހދ. ކުޅުދުއްދުށީގައި ޝޫޓްކުރި މި ފިލްމުގެ ފުރަތަމަ ޓީޒާވެސް މިހާރު ވަނީ އާންމުކޮށްފަ އެވެެ. މި ފިލްމަކީ އިއްސެ އާއި ޒިޔާ އަދި ލަވަކިޔުންތެރިޔާ ރިފްއަތު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިއީ ރިޕްއަތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ. މި ފިލްމު ޑައިރެކްޓު ކުރީ އިއްސެ އެވެ.

ޕްރޮޑިއުސާ ޒިޔާ ބުނީ ފިލްމު އަޅުވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. މި ފިލްމަކީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ފިލްމަކަަށް ވާނެ ކަމަށް ޒިޔާ ބުންޏެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. ފިލްމުގެ ހާއްސަ ކާސްޓުންގެ ތެރޭގައި ކުޅުއްދުއްފުށީގެ ކުދިންނާއި މީހުން ފެނިގެންދާނެ ކަމަށެވެ. ފިލްމުގެ މޭކަޕް ކޮށްދެނީ ވެސް ކުޅުދުއްފުށީގެ މީހެކެވެ. ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގް ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.