ފެޝަން

"ނޯޓް" މޭކަޕް ހިޔާރުކުރަންވީ ސަބަބުތައް ބައިވަރު!

މޭކަޕުކުރުމަށް ހާއްސަކޮށް ދިވެހި ޒުވާން އަންހެން ކުދިން ހުންނަ ފޯރިއަކީ ބަހުސްކުރެވޭ ވަރަށްވުރެވެސް މަތީގައި އޮންނަ ކަމެކެެވެ. ބަހުސް ކުރާނެ ކަމެއްވެސް ނެތެވެ. މޭކަޕްކޮށް ނަލަ ހެދުމަކީވެސް ކުރަންޖެހޭ ކަމެކެވެ.

މިގޮތަށް ނަލަ ހެދެން ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ފާއިތުވި މަހު ނިއު އެޑިޝަން ފިހާރައިން ވަނީ ތުރުކީގެ ނަން މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމަށްވާ "ނޯޓް" ތައާރަފްކޮށްދީފަ އެވެ. މި ބްރޭންޑު ތައާރަފުކުރުމަށް ބޮޑު ހަފްލާއެއްވެސް ބާއްވާފައިވާތީ މި ބްރޭންޑުގެ އަޑުވެސް މިހާރު ވަރަށް ގަދަ އެވެ.

ނޯޓް ކޮސްމެޓިކްސްގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑްތަކާ އެއް ފެންވަރެއްގެ އުފެއްދުންތަކެކެވެ. ނިއު އެޑިޝަން އިން މި ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކުރީ ހައި ކޮލިޓީގެ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

މިހާރު އުފެދޭ ސުވާލަކީ މި ބްރޭންޑުގެ އަޑު އެހާ ގަދަވެފައިވާއިރު މި ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރަކީ ކޮބާ ހެއްޔެވެ؟ މި ބްރޭންޑުގެ މޭކަޕް އިހްތިޔާރުކުރަންވީ ކީއްވެ ހެއްޔެވެ؟ އެހެން ބްރޭންޑުތަކަށްވުރެ މި ބްރޭންޑް މޮޅީ ކޮންގޮތަކުން ހެއްޔެވެ؟

100 ޕަސެންޓު ހަލާލު، ފައިދާ ހުރި ބާވަތްތައް އެކުލެވޭ

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި އަލްކަހޯލްގެ މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.

"ނޯޓް" ބްރޭންޑުގެ މޭކަޕްތައް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ. އެ ރޭންޖުގައި ނަން މަޝްހޫރު ބްރޭންޑުތައް ކަމަށްވާ "ލޯރިއަލް ޕެރިސް"، "ޑިއޯރް" އަދި "ލެންކޮމް ޕެރިސް" ފަދަ ބްރޭންޑުތައް "ނޯޓް" މޭކަޕާއި ވާދަކުރެ އެވެ.

މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައިވާ ރޯ މެޓީރިއަލްސްއަކީ ވިޓަމިންސްއާއި މިނަރަލްސް އަދި ހަމަށް ފައިދާހުރި އެކި ބާވަތްތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ. ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެއްޔާ މޭވާގެ އެކި ބާވަތްތައް ބޭނުންކޮށްފައިވެ އެވެ. ހުރިހާ އެއްޗެއްވެސް ބޭނުންކޮށްފައި ވަނީ އިންސާނުންގެ ހަށިގަނޑަށް ފައިދާވާނެ މިންގަނޑުތަކަށް ބަލާ ދިރާސާ ކޮށްގެންނެވެ.

ޗައިނާގައި އުފައްދާ އެއްވެސް ރޯމެޓީރިއަލްސްއެއް މި އުފެއްދުންތަކުގައި ބޭނުންކޮށްފައި ނެތުމުން ބައިނަލްއަގުވާމީ މާކެޓުގައި މި އުފެއްދުންތަކަށް އޮންނަ އިތުބާރު އަދި މާ ބޮޑެވެ. މިހުރިހާ އުފެއްދުންތަކަކީ ވެސް ތިމާވެއްޓާއި ރައްޓެހިކޮށް އަދި އެއްވެސް ޖަނަވާރެއްގައި ޓެސްޓު ކުރެވިފައިނުވާ އުފެއްދުންތަކެކެވެ.

ބައެއް މޭކަޕް ބްރޭންޑުތަކުގައި ބޭނުންކޮށްފައިވާ ކެމިކަލްތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވާގޮތްވެ އެވެ. ނަމަވެސް "ނޯޓް" ބްރޭންޑުގެ އެއްވެސް އުފެއްދުމެއްގައި އެއްވެސް ކަހަލަ ކެންސަރަށް މަގުފަހިވާ ކަހަލަ ކެމިކަލެއް ބޭނުންކޮށްފައި ނުވާތީ މި ނުރައްކަލުންވެސް ރައްކާތެރިކަން ލިބެ އެވެ.

އަތްފޯރާ ހެޔޮ އަގުތަކެއްގައި

ބޮޑެތި ބްރޭންޑުތަކާއި އެއް ފެންވަރެއްގައި "ނޯޓް" ވާދަކުރި ނަމަވެސް އެ ބްރޭންޑުތަކާއި "ނޯޓް" ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ ލަގްޒަރީ ބްރޭންޑަކަށްވެފައި މި ބްރޭންޑުގެ އުފެއްދުންތަކަކީ ކޮންމެ މީހަކަށްވެސް ގަނެލަން ފަސޭހަ، ހެޔޮ އަގެއްގައި ލިބޭ އުފެއްދުންތަކަކަށް ވުމެވެ.

ނިއު އެޑިޝަނުން ބުނީ "ނޯޓް" މޭކަޕް މިހާރު ހަމައެކަނި އެ ފިހާރައިން ލިބުނު ނަމަވެސް ވަރަށް އަވަހަށް ތަފާތު ކޮސްމެޓިކްސް ވިއްކާ ފިހާރަތަކުން ލިބޭނެ ގޮތް ހަދާދޭނެ ކަމަށެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭ ރަށްތަކަށްވެސް މި ބްރޭންޑުގެ މޭކަޕް ފޯރުކޮށްދިނުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެ ފިހާރައިން ބުނެ އެވެ. އަދި މި ބްރޭންޑްގެ މޭކަޕް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ނިއު އެޑިޝަން ފިހާރައަށް ގުޅުމަށްވެސް އެ ފިހާރައިން އެދެ އެވެ.

"ނޯޓް" ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ މި ބްރޭންޑުގެ ގިނަ ކުލަތަކަކީ ދިވެހިންގެ ހަމުގެ ކުލަ އާއި އަދި ދިވެހިންގެ ހަމާ ވަރަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކަށް ވުމުންނެވެ. ނިއު އެޑިޝަނުން މިހާރު ތައާރަފްކޮށްފައިވާ "ނޯޓް" ބްރޭންޑުގެ ބައެއް މޭކަޕް ސާމާނުގެ ތެރޭގައި ތާފާތު ވައްތަރުތަކުގެ ފައުންޑޭޝަނާއި ކޮންސީލަ، ލިޕްސިޓިކް، އައިލައިނާ އަދި އައިޝެޑޯ ފަދަ ސާމާނުތައް ހިމެނެ އެވެ. ކުރިއަށް އޮތްތަނުގައި މި ބްރޭންޑުގެ ތަފާތު އެކި އުފެއްދުންތައް ތައާރަފްކުރަމުންދާނެ ކަމަށް ނިއު އެޑިޝަންނުން ބުނެ އެވެ.