ހޮލީވުޑް

ހެރީގެ ކައިވެނީގެ ހަފްލާގައި ޕާފޯމް ކުރަނީ ކާކުބާ؟

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނީގެ ހަފުލާގައި ޕާފޯމްކުރާނެ ތަރިއަކާމެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ.

ކުރިން އެ ހަފްލާގައި ޕާފޯމްކުރާނެ ކަމަށް ހީވެފައި އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޝާހީ އާއިލާ އާއި ގާތް ކަމެއް އޮންނަ ސާ އެލްޓަން ޖޯން އެވެ. އެލްޓަން ވަނީ މޭ 19 ވަނަ ދުވަހު އެނާގެ ޓުއާގެ ދަށުން އެމެރިކާގެ ލާސް ވޭގަސްގައި ޕާފޯމް ކުރުމަށް އޮތް ޝޯ ރީޝެޑިއުލް ވެސް ކޮށްފަ އެވެ. ޕްރިންސް ހެރީ އަދި މޭގަން ކައިވެނި ކުރަނީ އަންނަ މޭ މަހު 19 ގަ އެވެ.

އެ ހަފްލާގައި ޕާފޯމްކުރާނީ އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ކަމަށްވެސް މިހާރު ވާހަކަ ދެކެވެމުން އެބަ ދެއެެވެ. ޔޫއެސް ވީކްލީ މެގަޒިނުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރިންސް ހެރީ މިހާރު ވަނީ ކައިވެނީގެ ހަފްލާގައި ޕާޕޯމްކޮށް ދިނުމަށް އެޑްގެ ގާތުގައި އެދިފަ އެވެ. ޕްރިންސް ހެރީގެ އެ ދައުވަތު އެޑް ގަބޫލު ކުރި ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

މޭ 19 ގައި އެޑް ވެސް އޭނާގެ ޓްއާގެ ދަށުން ޝޯއެއް ހުށަހެޅުމަށް ޝެޑިއުލްކޮށްފައި އެބަ އޮތެވެ. އެލްޓަން އޭނާގެ ޝޯ ރީ ޝެޑިއުލް ކުރިހެން އެޑްވެސް ޝޯ ރީ ޝެޑިއުލްކޮށްފާނެތޯ މީހާރު މީހުން ސުވާލު އުފައްދަ އެވެ.

ޕްރިންސް ހެރީ އަދި މޭގަންގެ ކައިވެނީގެ ހަފްލާގައި ޕާފޯމްކޮށްފާނެ ކަމަށް ބެލެވޭ އިތުރު ތަރިއެއްގެ ގޮތުގައި ހިމެނެނީ ކުރީގެ ބޭންޑެއް ކަމަށްވާ ސްޕައިސް ގާލްސްގެ ލަވަކިޔުންތެރިޔާ ގެރީ ހޯނާ އެވެ. މޭގަން އަކީ ސްޕައިސް ގާލްސްގެ ބޮޑު ފޭނެކެވެ.

އެ ހަފްލާގައި ޕާފޯމް ކުރާނެ ވަކި ތަރިއެއް އަދި ކަށަވަރު ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ނަން މަޝްހޫރު ތަރިއެއްގެ ހުށަހެޅުން އެ ހަފްލާ އިން ފެނިގެންދާނެ އެވެ. އެންމެ ފަހުން 2011 ގައު ޕްރިންސް ވިލިއަމް އަދި ކޭޓް މިޑިލްޓަންގެ ޝާހީ ކައިވެނީގެ ހަފްލާގައި ވެސް މަޝްހޫރު ތަރިއެއްގެ ހުށަހެޅުން ފެނިގެންގޮސްފައި ވެއެވެ. އެ ހަފްލާގައި ޕާފޯމްކުރީ މަޝްހޫރުވި ލަވައެއް ކަމަށްވާ "ލަވް މީ ލައިކް ޔޫ ޑޫ" ލަވަކިޔުންތެރިޔާ އެލީ ގޯލްޑިންގް އެވެ.