ކުޅިވަރު

ބާސާއަށް މަދުން ކުޅެން މެސީއަށް އާޖެންޓީނާއިން އަންގައިފި

ބާސެލޯނާ އަށް މަދުން ކުޅެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަންގައިފި އެވެ. އާޖެންޓީނާގެ އެފްއޭއިން މިގަތަށް އެންގީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ތާޒާ ކޮށް ހުރުމަށެވެ.

އާޖެންޓީނާގެ އެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕީއާ ވިދާޅުވީ، މެސީ އަށް އެކަން އަންގާފައި ވާނެ ކަމަށެވެ. ސްޕެނިޝް ލީގްގެ އެއް ވަނައިގައި އޮތް ބާސެލޯނާގައި މެސީ ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ.

"އަހަރެން އުންމިދު ކުރަނީ ވޯލްޑްކަޕުގައި ހުރިހާ ކުޅުންތެރިންވެސް ތިބޭނީ މިހާރު އެ ކުޅުންތެރިން ތިބި ފޯމުގައި ކަމަށް،" ޓާޕިއާ ވިދާޅުވި އެވެ. "ސާޖިއޯ އަގްއޭރޯވެސް ދަނީ ވަރަށް ރަނގަޅަށް ކުޅެމުން ލިއޮނަލް މެސީ އަބަދުވެސް ވަރަށް ވަރުގަދަ."

"ކޯޗުންނާއި ޑައިރެކްޓަރުންވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެކަން ދެކޭ، އަހަރެމެން ވާނީ މެސީގެ ގާތުން އެދިފައި އޭނާގެ އަމިއްލައަށްވެސް ބަލައިގެން އުޅުމަށް އަދި ބާސެލޯނާއަށް މަދު ކުޅުމަށްވެސް އެދުނިން."

ޓާޕިއާ ވަނީ ބާސެލޯނާއިން އުފައްދަން މަސައްކަތް ކުރާ ކެޓަލޯނިއާގެ ޓީމާއެކު މެޗެއް ކުޅުމުގެ ދައުވަތު އާޖެންޓީނާގެ ގައުމީ ޓީމަށް ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އާޖެންޓިނާގެ ކޯޗު ހޯޖޭ ސަމްޕައޮލީ ވިދާޅުވީ އެ މެޗު ކުޅުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.