ބޮލީވުޑް

"ޕަރީ" ދެކެ ބިރުން "ޕަރްމާނޫ" ފަސްކޮށްފި

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފިލްމު "ޕަރީ" ގެ ޓީޒާތަކުން މިހާރު ވަނީ އެތަށް ބައެއް ބިރުގަންނަވާލާފަ އެވެ. މީހުންގެ އިތުރުން "ޕަރީ" މިހާރު ވަނީ ޖޯން އަބްރަހަމްގެ ފިލްމު "ޕަރްމާނޫ" ވެސް ބިރުގަންނަވާލާފަ އެވެ.

މި ދެ ފިލްމު ރިލީޒް ކުރަން ކުރިން ނިންމާފައި އޮތީ އެއް ދުވަހަކު އެވެ. އެއީ އަންނަ މާޗު މަހު 2 ގަ އެވެ. ނަަމަވެސް "ޕަރީ" ގެ ބިރަށް ޖޯން ވަނީ އޭނާގެ ފިލްމު އަންނަ އޭޕްރީލް މަހު 6 އަކަށް ރިލީޒް ކުރަން ފަސްކޮށްފަ އެވެ.

"ޕަރްމާނޫ" ގެ ޓީޒާ --

ފިލްމު ފަސްކުރަން ޖޯން ނިންމީ މިފަހުން ނިކުތް އޭނާގެ ގިނަ ފިލްމުތައް ފުލޮޕްވެފައިވާތީ "ޕަރީ" ގެ ސަބަބުން އޭނާގެ ފިލްމަށް ލިބޭ ތަރުހީބު ކުޑަވެދާނެތީ ކަމަށް ރިޕޯޓުތައް ބުނެ އެވެެ. އޭނާ އެއްވެސް ރިސްކެއް ނަގަން މިފަހަރު ބޭނުމެއް ނުވެ އެވެ.

ޕަރީގެ ދެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، މިއަދު އެ ފިލްމުގެ އޮފިޝަލް ޓްރެއިލާ ނިކުންނާނެ އެވެ. ވެލަންޓައިންސް ޑޭ އާއި ދިމާކޮށް ނެރުނު "ޕަރީ" ގެ ޓީޒާވެސް ބެލުންތެރިން ބިރުގަންވާލި އެވެ. ޓީޒާ ތަކުގައި ބުނާގޮތުން "ޕަރީ" އަކީ އާދައިގެ ބިރުވެރި ފިލްމެއް ނޫނެވެ.

ވެލަންޓައިންސް ޓޭއަށް ހާއްސަކޮށް ނެރުނު "ޕަރީ" ގެ ޓީޒާ --