ހަބަރު

މަޖިލިސް ކައިރިން ހައްޔަރު ކުރި ނޫސްވެރިޔާ ދޫކޮށްލައިފި

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލީސް މެންބަރުން މަޖިލީހަށް ވަންނަން މިއަދުވެސް މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރައްދުގައި ހުރި ނޫސްވެރިއަކު ހައްޔަރު ކުރުމަށް ފަހު ދާދި ދެންމެ އަކު ދޫކޮށްލައިފި އެވެ.

މަޖިލިސް ސަރަހައްދުން ހައްޔަރުކޮށްފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިއެއް ކަމަށްވާ މިއުވާން މުހައްމަދެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެ ސަރައްދުގައި ހުރި ކެފޭއަކުން ނުކުން ތަނުން ކަމަށް ވެއެވެ. އޭނާ ހައްޔަރުކޮށް ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ. ނަމަވެސް ގަޑިއެއް ހާއިރު ފަހުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ރޭ ވެސް ވަނީ އިދިކޮޅު މުޒާހަރާ ކަވަކުރަން އުޅުނު ވީމީޑިއާގެ ކެމަރާމަކަކު ހައްޔަރު ކުރި އެވެެ. ނަމަވެސް އޭނާ ވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅު މެންބަރުން މަޖިލީހަށް ވަނުމަށް މިއަދުވެސް މަސައްކަތް ކުރުމުން ފުލުހުން ވަނީ އެސަރައްދުން މެންބަރުން ދުރަށް ޖައްސާފަ އެވެ. ބައެއް މެންބަރުން ވަނީ އުފުލާލައިގެން މަޖިލީހުން ނެރެފަ އެވެ. އިއްޔެ ވެސް އިދިކޮޅު މެންބަރުން މަޖިލީހަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން ވަނީ އެ މެންބަރުންތައް އުފުލާލައިގެން މަޖިލީހުން ނެރެފަ އެވެ.