ހޮލީވުޑް

ޝޮންޑާއަށްފަހު ރިއާން މާފީވެސް ނެޓްފްލިކްސްއަށް

މަޝްހޫރު އެމެރިކަން ޓީވީ ޕްރޮޑިއުސާ ޝޮންޑާ ރައިމްސް ނެޓްފްލިކްސްއާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް މަޝްހޫރު އެހެން ޓީވީ ޕްރޮޑިއުސަރެއް ކަމަށްވާ ރިއާން މާފީ ވެސް ނެޓްފްލިކްސްއަށް ސީރީޒް ތައްޔާރު ކުރަން ސޮއިކޮށްފި އެވެ.

ރިއާން މާފީއަކީ ބޮޑު މަގުބޫލުކަމެއް ލިބުނު ޓީވީ ސީީރީޒްތައް ކަމަށްވާ "ގްލީ" އާއި "އެމެރިކަން ހޮރޯ ސްޓޯރީ" އަދި "އެމެރިކަން ކްރައިމްސް" ޕްރޮޑިއުސްކޮށްފައިވާ މީހެކެވެ.

ރިއާ މީގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން އޮތީ ފޮކްސް ޓީވީ އަދި އެފްއެކްސް ޓީވީއަށް ސީރީޒް ތައްޔާރު ކުރުމަށް "ޓްވެންޓިއަތު ސެންޗަރީ ފޮކްސް" އާއެކު ޑީލްކޮށްފަ އެެވެ. ފޮކްސާއެކު އިތުރު ޑީލްއެއް ނުހެދި ނަމަވެސް މިހާރު ވެސް ފޮކްސް އިން ގެނެސްދޭ އޭނާ ޕްރޮޑިއުސްކުރާ ސީރީޒްތަކުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުގެ ގޮތުގައި އޭނާ ހުންނާނެ އެވެެ.

އެ ސީރީޒްތަކުގެ ތެރޭގައި ފޮކްސް އިން ގެނެސްދޭ "ކްރައިމް ސްޓޯރީ" އާއި "ހޮރޯ ސްޓޯރީ" އަދި "911" ފަދަ ސީރީޒްތައް ހިމެނެ އެވެ.

"ގްރޭސް އެނަޓޮމީ" ފަދަ މަގޫބުލު ސީރީޒްތައް ގެނެސްދޭ ޝޮންޑާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެއް އޭނާ ޑީލް ހަދާފައި އޮތް އޭބީސީ ނެޓްވޯކުން ވަކިވެ ނެޓްފްލިކްސް އާއި ގުޅިފަ އެވެ.

"ނިއު ޔޯކް ޓައިމްސް" ބުނާ ގޮތުގައި ރިއާން ނެޓްފްލިކްސްއާއެކު ޑީލް ހަދާފައި ވަނީ 300 މިލިއަން ޑޮލަރަށެވެ. ފޮކްސް އާއެކު މީގެ ހަތަރު އަހަރު ކުރިން އޭނާ ހެދި ޑީލްގެ އަގަކީ 24 މިލިއަން ޑޮލަރެވެ. އެހެން ކަމުން މިފަހަރު އޭނާގެ ވަރުގަދަ ސީޒީޒްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ނެޓްފްލިކްސްއާއެކު ހެދި ޑީލަށް އޭނާ އަމަލު ކުރަން ފަށާނީ މި އަހަރުގެ ޖުލައި މަހު ފޮކްސާއެކު ހަދާފައި އޮތް ޑީލް ނިމުމުންނެވެ.