ވިޔަފާރި

ބީއެމްއެލް އިން ކެލާގެ ސުއިމިން ހަރަކާތައް ބޮޑު އެހީއެއް

Feb 17, 2018
1

ބޭންކް އޮފް މޯލްޑިވްސްއިން ހއ. ކެލާގައި ހިންގާ ސުއިމިން ހަރަކާތަށް ބޮޑު އެހީއެއް ދީފި އެވެ.

މޯލްޑިވްސް ސުއިމިން އެސޯސިއޭޝަނުން ހއ. ކެލާގައި ކުރިއަށް ގެންދާ ހަރަކާތުގައި އެހީތެރިވެ ދިނުމުގެ ގޮތުން ގައުމީ ބޭންކުން ވަނީ ސުއިމިން ގިއާ ހަދިޔާ ކޮށްފަ އެވެ.

ގައުމީ ބޭންކުގެ "އަހަރެންގެ ބޭންކް- ދިވެހިންގެ" ބޭންކް ހަރަކާތުގެ ދަށުން މި އެހީތެރިކަން ދީފައިވަނީ ބުރާސްފަތި ދުވަހު އެވެ. މިއީ އެ ބޭންކުން މި މަހު ކުރިއަށް ގެންދިޔަ އަހަރެންގެ ބޭންކް 14 ވަނަ ހަރަކާތެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންސްޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުންވެސް ހިމެނެ އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.