ހޮލީވުޑް

އެޑަމް ލެވީންއަށް ދެ ވަނަ ކުއްޖަކު ލިބިއްޖެ

އެމެރިކާގެ މަޝްހޫރު ޕޮޕް މިއުޒިކު ބޭންޑް "މެރޫން 5" ގެ ލީޑު ވޯކަލިސްޓް އެޑަލް ލެވީން އާއި ވިކްޓޯރިއާ ސީކްރެޓް މޮޑެލް ބެހަތީ ޕްރިންސޫލްއަށް ދެ ވަނަ ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެމަފިރިންނަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެކެވެ. ފުރަތަމަ ލިބުނީ ވެސް އަންހެން ކުއްޖެކެވެ.

އެ ދެމަފިރިންގެ ދެ ވަނަ ދަރިފުޅަށް މިހާރު ވަނީ ނަންވެސް ކިޔާފަ އެވެ. އެ ދަރިފުޅަށް ދިން ނަމަކީ ޖިއޯ ގްރޭސް ލެވިން އެވެ. މިހާރު އެއް އަހަރުފުރި ފުރިފައިވާ ފުރަތަމަ ދަރިފުޅަށް ކިޔާފައި ވަނީ ޑަސްޓީ ރޯޒް އެވެ.

ބޭހަތީ ދެ ވަނަ ކުއްޖެއް ލިބެން އުޅޭކަން ފުރަތަމަ ހާމަކުރީ އޭނާ އިންސްޓަގުރާމް މެދުވެރިކޮށް މިދިޔަ އަހަރު ސެޕްޓެމްބަރުގައި ކުރި ޕޯސްޓެއްގަ އެވެ. އޭގެ ދެ މަސް ފަހުން އެލެން ޝޯގައި އެ ދެމަފިރިންނަށް ލިބެނީ އަންހެން ކުއްޖެއްކަން ހާމަކުރި އެވެ.