ލައިފްސްޓައިލް

އެއް ގަމީހެއް އެތައް ބަޔަކަށް ސަޅިވެއްޖެ!

ދޭތެރެއަކުން ތަފާތު ޓްރެންޑުތައް ރާއްޖޭގައި ވެސް ވައިގަ ހިފަ އެވެ. ހުރިހާ މީހުންހެން އެ ޓްރެންޑަކަށް ފޮލޯކުރަމުންދެ އެވެ.

ދިވެހިންނަކީ އެންމެފަހުގެ ޓްރެންޑުތަކަށް ލައިފްސްޓައިލް ބަދަލު ކޮށްލުމުގައި ނަމޫނާ ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް ހެދުން އެޅުމަށް އަންނަ ތަފާތު ބަދަލުތަކަށް ދިވެހިން އަބަދުވެސް ލޯ އަޅަ އެވެ. އެއިރެއްގައި އެންމެ ޓްރެންޑްވާ ސްޓައިލަކަށް ހެދުން ނޭޅިއްޖެނަމަ އެ ގޯސްވީ އެވެ.

މިހާރު ދައުރުވަމުންދާ ރަތާއި ނުލާއި ހުދުގެ ގަމީސްގެ ވާހަކަ ވެސް އޮތީ މިކަހަލަ ގޮތަކަށް ކަމަށް ވެދާނެ އެވެ. މި ބުނި ކުލަތުން ފައްދަމާފައި ހުންނަ މި ގަމީހަކީ މިހާރު އެންމެ ގިނައިން ދިވެހިން ލާ ގަމީހެވެ.

ފޭސްބުކް ޕޭޖެއް ކަމަށްވާ "ހާމާން" އިން ޝައިއުކުރި މި ފޮޓޯތަކުގެ ތެރޭގައި ހަމަ އެ ގަމީސް ލާފައިވާ 26 މީހުންގެ ފޮޓޯ ހިމަނާފައިވެ އެވެ. ޕޯސްޓުގައި ބުނެފައިވަނީ "މިއީ ރާއްޖޭގައި މިހާރު އެންމެ މަގުބޫލު" ގަމީހެވެ.

މި ފޮޓޯތަކަކީ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މޫޝަންގެ "ޓީމް މޫޝަން" އިން އެއްކޮށްފައިވާ ފޮޓޯ ތަކެކެވެ.