ކަރަންޓުގެ މައްސަލަ

ރ. މަޑުވައްރީ ކަރަންޓް ހައްލު ކުރަން މަސައްކަތް ކުރަން: ފެނަކަ

Feb 20, 2018

ރ. މަޑުއްވަރީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓްގެ ހިދުމަތުގައި ބޭނުން ކުރަމުން އައި އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނަށް މިދިއަ ހުކުރު ދުވަހު ދިމާވި މައްސައަލަކާ ގުޅިގެން ލޯޑް މަތިވާ ގަޑިތައް ކަމަށްވާ ހެނދުނު 10:00 އިން ހަވިރު 5:00 އަށް ރަށުގެ އެކި ސަރަހައްދުތަކުން ކެނޑެމުން ދާނެ ކަމަށެވެ.

މަޑުވަރީގައި މައްސަލަ ދިމާވީ 250 ވޮޓްގެ ޖަނަރޭޓަރެކެވެ.

ފެނަކައިން ބުނީ މަޑުއްވަރީގެ ކަރަންޓްގެ ހިދުމަތުގައި ދިމާވި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާންމު ހާލަތަށް މަޑުއްވަރީގެ ކަރަންޓް ގެނެވެންދެން މަތީ ލޯޑް ނަގާ ކަރަންޓް ވީހާވެސް މަދުން ބޭނުން ކުރަން އެދޭ ކަމަށެވެ.