ވިޔަފާރި

ސޯފީ ޓާނާގެ ރާއްޖޭގެ ޗުއްޓީއަށް ރެއަކަށް 45،000 ޑޮލަރު

Feb 21, 2018

މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ތަރި ސޯފީ ޓާނާ، ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގައި ރެއަކަށް 45،000 ޑޮލަރު (ގާތްގަނޑަކަށް 693900ރ.) ހޭދަކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސެލެބްރިޓީންގެ ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން، ޒުވާން ސޯފީ އާއި ލޯބިވެރިޔާ ޖޯއީ ޖޯންސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ކޮކޯ ޕްރައިވެޓް އައިލެންޑުގަ އެވެ. ސޯފީ ދަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދާ ގޮތް އިންސްޓަގްރާމް މެދުވެރިކޮށް ދުނިޔެއަށް ދައްކަމުންނެވެ.

އިތުރު ސީޒަނަކަށް ބެލުންތެރިން ކެތްމަދުވެފައި ތިބިއިރު، ދެން އަންނާނީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން އެވެ. އެ ސީޒަން ދައްކާނީ އަންނަ އަހަރު ކަމަށް އެޗްބީއޯ އިން ވަނީ ބުނެފަ އެވެ.