ހަބަރު

ބަތަލާ ލިންޒީ ލޯހަން ރާއްޖޭގައި

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޒީ ލޯހަން (ފޮޓޯ) ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަގެންދެ އެވެ.

"މީން ގާލްސް" އާއި "ސްކޭރީ މޫވީސް" އިން މަގުބޫލުކަން ހޯދާފައިވާ ލިންޒީ ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ބ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ އަމިއްލަ ފުށީގަ އެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން 32 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ އޭނާގެ އަންހެން ކޮއްކޮ އަލީ ލޯހާންއާއެކުގަ އެވެ.

ރާއްޖޭގައި ލިންޒީ ހޭދަ ކުރަމުންދާ ޗުއްޓީގެ ފޮޓޯތަކާއި މަންޒަރުތައް އޭނާ ދަނީ ޓްވިޓާ އާއި އިންސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ.