ވިޔަފާރި

އޭބީސީގެ އެންމެ މަގުބޫލު ރިއާލިޓީ ޝޯ ރާއްޖޭގައި ނަގައިފި

Oct 16, 2018
2

މަޝްހޫރު ޓީވީ ޗެނަލް އޭބީސީ ނިއުސް އިން އުފައްދާ އެންެމ މަގުބޫލު ރިއާލިޓީ ޝޯ ކަމަށްވާ "ދަ ބެޗްލާ" ގެ އެޕިސޯޑެއް ރާއްޖޭގައި ނަގައިފި އެވެ.

ޓޫރިޒަމާއި މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން އޭބީސީ ނިއުސް ޗެނަލް އިން ދައްކާ ރޮމޭންޓިކް ރިއާލިޓީ ޝޯއެއް ކަމަށްވާ "ދަ ބެޗްލާ" ޝޯ ގެ 14 ވަނަ އެޕިސޯޑު އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ނެގުން ވެގެން ދާނީ އެ ޝޯ އާއި އެ ރިސޯޓަށް ވެސް ލިބިގެންދާނެ ބޮޑު މަގުބޫލު ކަމަށެވެ.

މި ރިއާލީޓީ ޝޯއަކީ އެމެރިކާގެ ގިނަ އަދަދެއްގެ ބަޔަކު ބަލާ އެންމެ މަގުބޫލު އެއް ސީރީޒް އެވެ. މި ޝޯގައި ފަސް ތަރީގެ ޝަންގްރިއްލާ ރިސޯޓުގެ އިތުރުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ހާއްސަ ޔޮޓުގެ މަންޒަރުތައް ވެސް ފެނިގެންދާނެ އެވެ.

ދަ ބެޗްލާގެ ރާއްޖޭގައި ނަގާފައިވާ މަންޒަރެއް

ރާއްޖޭގައި މީގެ ކުރިން ވެސް ތަފާތު ހޮލީވުޑްގެ ބައެއް ސީރީޒްތައް ނަގާފައިވެ އެވެ. އަދި 2015 ވަނަ އަހަރު އަހަރު ރާއްޖޭގައި "ސްޓާ ވޯޒް ރޯގް ވަން" ނަގާފައިވެ އެވެ.