ހަބަރު

ލަފައެއް ދެވެން ދެން މަޖިލީހުގެ ނިންމުމަށް އަމަލުކުރޭ: ސުޕްރީމް ކޯޓް

Feb 21, 2018
3

ސްޓޭޓް އޮފް އެމެޖެންސީ، އެސްއޯއީ ފާސްކުރަން އިއްޔެ މަޖިލީހުގައި ނެގި ވޯޓާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމެންދެން މަޖިލީހުގެ ނިންމުންތަކަަށް އަމަލު ކުރަމުން ގެންދިޔުމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ވަގުތީ އަމުރެއް ނެރެފި އެވެ. އިއްޔެ މަޖިލީހުގެ ވޯޓްގެ ސައްހަކަމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ސްްޓޭޓް އޮފް އެމެޖެންސީ 30 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުގައި ވޯޓް ނެގީ ގާނޫނު އަސާސީގައި ބުނާ 43 މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ނެތިސް ހަމައެކަނި ސަރުކާރު ކޯލިޝަންގެ 38 މެންބަރުންގެ ވޯޓާ އެކު އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ބޮޑެތި ގާނޫނީ ވަކީލުންނާއި މަޖިލީހުން ކައުންސިލް ޖެނެރަލް ވަނީ އެ ނިންމުމާ މެދު ސުވާލު އުފައްދައިފަ އެވެ.

މަޖިލީހުން ވަނީ އެ ވޯޓް ނެގުމަށް ފަހު އެކަމާ ގުޅިގެން އެ މައްސަލައިގައި ލަފައެއް ހޯދަން މަޖިލީހުގެ ރިޔާސަތުން ސުޕްރީމް ކޯޓަަށް ހުށަހަޅުއްވައިފަ އެވެ.