ވިޔަފާރި

ކޮނޑޭ ސްކޫލަށް ބީއެމްއެލްއަށް ހަދިޔާއެއް

Feb 22, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ކޮނޑޭ ސްކޫލަށް ޕްރޮޖެކްޓާ ސިސްޓަމެއް ހަދިޔާކޮށްފި އެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް - މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަރު ހަދިޔާ ކުރީ އިއްޔެ ކޮނޑޭ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ މުވައްޒަފުންނެވެ.

ގައުމީ ބޭންކުގެ އަހަރެންގެ ބޭންކް މަޝްރޫއަކީ މުޖުތަމައަށް ފައިދާ ހުރި ކަންކަން ކުރުމަށް އެ ބޭންކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމަ އަށް ފައިދާ ހުރި ގިނަ ހިދުމަތް ތަކެއް ކޮށްފަ އެވެ. މީގެތެރޭގައި "އިންޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުން ވެސް ހިމެނެ އެވެ. ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.