ހޮލީވުޑް

ކައިލީ ޖެންނާ ސްނެޕް ކުރުން ހުއްޓާލަނީ!

ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ޝޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ސްނެޕްޗެޓްގައި ރަނިކަން ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެންނާ ސްނެޕް ބޭނުން ކުރުން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.

ކައިލީ ސްނެޕް ކުރުމާއި ދުރަށް ގޮސްފައިވާކަން ހާމަވެފައި ވަނީ އޭނާ ކުރި ޓުވީޓަކުންނެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ "މިހާރު އެއްވެސް މީހަކު ސްނެޕް ނުހުޅުވަންތަ؟ ނޫނީ ނުހުޅުވަނީ ހަމައެކަނި އަހަރެންތަ؟" މިހެންނެވެ. މިއީ ވަރަށް ދެރަކަމެއް ކަމަށް ބުނަމުން އޭނާ ބުނީ އަދިވެސް ސެންޕްދެކެ ލޯބިވާ ކަމަށެވެ.

ކައިލީ ސްނެޕް ބޭނުން ކުރުން މަދުކޮށްފައި ވަނީ ސްނެޕްއަށް އެންމެފަހުން ގެނައި އަޕްޑޭޓްގެ ސަބަބުން ކަމަށް ބެލެވެ އެވެ. ސްނެޕަށް އެންމެ ފަހުން ގެނައި އަޕްޓޭޑާއެކު ސްނެޕް ބޭނުންކުރާ ފަރާތްތަކުން ވަނީ ރުޅި ގަދަވެފަ އެވެ. ގިނަ ބަޔަކު ވަނީ ސްނެޕް ބޭނުންކުރުން ވެސް ހުއްޓާލާފަ އެވެ. އެ އަޕްޑޭޓާއެކު މުޅި ސްނެޕްޗެޓް އެޕްލިކޭޝަންގެ ޑިޒައިނަށް ވަނީ ބަދަލު އައިސްފައިވެ އެވެ.

ސެންޕްގައި ކައިލީގެ 104 މިލިއަނަށް ވުރެ ގިނަ ފޮލޮވާސް ތިބެ އެވެ. ކައިލީ ސްނެޕް ބޭނުންކުރުން ހުއްޓާލައިފި ނަމަ ސްނެޕްއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސެނެޕްގެ އަޕްޑޭޓާމެދު ހިތްހަމަނުޖެހި ކުރީގެ ވާޝަނަށް ބަދަލު ކޮށްދިނުމަށް އެދި މިލިއަނަކަށް ވުރެ ގިނަ މީހުން ސޮއިކޮށް ސްނެޕަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. ޗޭން އޯގަނައިޒޭޝަން މެދުވެރިކޮށް ހުށަހެޅި އެ ޕެޓިޝަނަށް ސެންޕް އިން މިހާރު ވަނީ ރައްދުވެސް ދީފަ އެވެ.

ސެންޕް އިން ބުނެފައި ވަނީ ސްނެޕް ބޭނުންކުރާ މީހުންގެ ޝަކުވާތައް އަޑުއަހާ ކަމަށާއި ނަމަވެސް މިހާރު ގެނެސްފައިވާ އަޕްޑޭޓު ކުރީގެ ވާޝަނަށް ބަދަލު ކުރެވެން ނެތް ކަމަށާއި ސްނެޕްއަށް މި ބަދަަލު ގެންނަ ޖެހުނީ މުސްތަގުބަލުގައި ސްނެޕްގެ ވިޔާފާރީ ކުރިއެރުވުމަށް ވިސްނާފައި ކަމަށެވެ.

ކުރީގެ ވާޝަނަށް ބަދަލު ނުކުރި ނަމަވެސް ސްނެޕް ބޭނުން ކުރަން ފަސޭހަ ވާނެ ގޮތަށް އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި ބޭނުންކުރާ މީހުން އުފާވާނެ އިތުރު ފީޗާތަކެއް ކުރިއަށް އޮތް ތަނުގައި ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ސްނެޕްއަކީ މިހާރު ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު ޝޯޝިއަލް މީޑިއާ އެވެ.