ވިޔަފާރި

ގޯލްޑް 100 ގެ ޝަރަފުވެރި އެވޯޑެއް ބީއެމްއެލްއަށް

Feb 23, 2018
1

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

ބީއެމްއެލް އަށް ލިބިފައިވަނީ ގޯލްޑް 100 ގައި މުޅިން އަލަށް ތައާރަފު ކުރި އިންވެސްޓްމަންޓް އިން ކޮމިއުނިޓީސް، އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" އިވެންޓުގައި މި އެވޯޑު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ބީއެމްއެލް އަށް މި އެވޯޑު ލިބުނުއިރު، ގޯލްޑް 100 ގެ މިދިޔަ އަހަރުގެ މާކެޓިން ކެމްޕޭން ފޯ ދި އިޔާ އެވޯޑު ލިބިފައިވަނީ ދިރާގަށެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސީއެސްއާރު އެވޯޑު ލިބުނީ އެސްޓީއޯ އަށެވެ. އަދި ލޮޖިސްޓިކް ކުންފުނީގެ އެވޯޑު ލިބުނީ އެފްއެސްއެމް އަށެވެ. އަދި އޮޕަރޭޝަނަލް އެކްސެލެންސް ފޯ ދި އިޔާ އެވޯޑު ލިބިފައިވަނީ އެމްޓީސީއަށެވެ.

މިދިޔަ އަހަރުން ފެށިގެން ދެމުން ގެންދާ ގޯލްޑް 100 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް މިފަހަރު ލިބުނީ ރާއްޖޭގެ ޓޫރިޒަމްގެ ދެ ބާނީން ކަމަށް އައްނަބީލް މުޙައްމަދު ވަހީދުއްދީން އާއި ކްރައުން ކޮމްޕެނީ އަހްމަދު ނަޒީރު (ކްރައުން ނަޒީރު) އަށެވެ.