ފިލިޕީންސް

ފިލިޕީންސްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

Feb 24, 2018

ފިލިޕީންސްގެ ގައުމީ އެއާލައިންއިން ރާއްޖެއަށް ސީދާ ދަތުރު ފަށަން ތައްޔާރު ވުމުގެ ގޮތުން، ދެ ގައުމުގެ އޮފިޝަލުން މަޝްވަރާކޮށްފި އެވެ.

ފިލިޕީންސްގެ "ބިޒްނަސް މިރާ" ނޫހުގައިވާ ގޮތުން ރާއްޖެއާއި ފިލިޕީންސްއާ ދެމެދު ދަތުރު ފެށުމުގެ ގޮތުން، ދެގައުމުގެ ވައިގެ ދަތުރު ފަތުރާ ބެހޭ އިދާރާ ތަކުން މަޝްވަރާތައް ރަސްމީކޮށް ފަށަން ދަނީ ތައްޔާރުވަމުންނެވެ. މި ދަތުރުތައް ފަށަން އުޅޭކަން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ވެސް ވަނީ ބުނެފަ އެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން، ފިލިޕީންސްގެ ސިވިލް އެރޮނޯޓިކްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކާމެލޯ އާކިލާ ވިދާޅުވީ ވައިގެ ދަތުރުތައް ފެށުމުގެ ގޮތުން، މަޝްވަރާތައް މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފިލިޕީންސްގެ ވެރިރަށް، މެނީލާގައި ކުރިޔަށް ދާނެ އެވެ.

މިހާރު ރާއްޖެ އިން ލިޕީންސަށް ދަތުރުކުރަނީ މެލޭޝިޔާގެ ކުއަލަމްލަމްޕޫރު ސިންގަޕޫރު މަގުން ނުވަތަ ޖަޕާނުގެ ޓޯކްޔޯގައި ޓްރާންސިޓް ކޮށްގެންނެވެ.

ފިލިޕީންސްއަކީ އާސިއާން ރީޖަންއިން ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު 10،532 މީހުން އައިސްފައިވެ އެވެ.