ބޭންކް އޮފް މޯލްޑިވްސް

ބީއެމްްއެލް އިން ދެ ސްކޫލަށް އެހީއެއް

Feb 24, 2018
1

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. ފުނަދޫ ސްކޫލާއި ވ. ފެލިދޫ ސްކޫލަށް އެހީއެއް ދީފަ އެވެ.

އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް ކެމްޕޭންގެ ދަށުން، ފުނަދޫ ސްކޫލަށް ހަދިޔާ ކޮށްފައިވަނީ ކުޅިވަރު ކުޅޭ ސާމާނެވެ. އަދި ވ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ކޮމްޕިއުޓަރު ސިސްޓަމެއް ވެސް ހަދިޔާ ކުރި އެވެ.

އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާ ހުރި 23 ހަރަކާތެއް ހިންގާފައިވެ އެވެ. ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި "އިންސްޓަގްރާމް ޗެލެންޖަކާއި" ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގުމުގެ އިތުރުން ބާސްކެޓް ކޯޓެއް ހުޅުވުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އިންޓަނެޓު ބޭންކިންގެ ހިދުމަތަށް އިތުރު ފަސޭހަތައް ގެނެސް ދިނުމާއި ވިލިމާލޭގެ ބީއެމްއެލް ބްރާންޗު ވަރުގަދަ ކުރުން އަދި މާލީ ދާއިރާ އަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުން ވެސް ހިމެނެ އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މި އަހަރުވެސް މި އަދަދު ހޭދަކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.