އެލައިޑް އިންޝުއަރެންސް

އަޔާދީގެ ތަކާފުލްގެ ހަދިޔާ: ބައިލައްކަ ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗަރެއް!

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މާދަމާ އޮންނަ ހާއްސަ ޕްރޮމޯޝަނުން، އަޔާދީ ތަކާފުލްގެ ޕްލޭނެއް ނެގުމުން، ބައިލައްކަ ރުފިޔާގެ ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރެއް ލިބޭނެ އެވެ.

އަޔާދީ ތަކާފުލް އިން ބުނީ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ނޫން އެހެން އިންޝުއަރެންސް ޕްލޭނެއް ނަގާ ކޮންމެ މީހަކަށް "ހޯމް ކޮންޓެންޓް ވައުޗަރެއް" ލިބޭނެ ކަމަށެވެ.

އަޔާދީ ތަކާފުލްގެ "ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރު" ފަރުމާ ކޮށްފައި ވަނީ ކުއްޔަށް އުޅޭ މީހުންގެ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ނަގައިދެވޭނެ ގޮތަށެވެ. ރާއްޖޭގައި އާއްމުކޮށް ހޯމް އިންޝުއަރެންސް ފަރުމާ ކޮށްފައި ހުންނަނީ ގޭގެ އޯނަރަށް ގެ އާއި މުދާ އިންޝުއަ ކުރެވޭ ގޮތަށެވެ. ނަމަވެސް "ހޯމް ކޮންޓެންޓް ތަކާފުލް" އިން ކުއްޔަށް އުޅޭ މީހުންނަށް ރައްކާތެރިކަން ހޯދެ އެވެ.

މިގޮތުން ގުދުރަތީ ހާދިސާއެއް ނުވަތަ ކާރިސާތަކާއި މި ނޫން ވެސް ލިބޭ ގެއްލުމަށް ތައްޔާރު ވެވޭނެ އެވެ. މި ޕެކޭޖުން 50،000ރ. އާއި 500،000ރ. އާ ދެމެދު ކަވަރު ކުރާނެ އެވެ. މި ޕެކޭޖުގައި އަހަރަކަށް ޕްރިމިއަމް ދައްކަން ޖެހޭ އަގު އުޅެނީ ގާތްގަނޑަކަށް 200ރ. އާއި 1،500ރ. އާ ދެމެދުގަ އެވެ.

މި ވައުޗަރު ގަތުމަށްފަހު އެލައިޑުގެ ސައިޓުން ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ އެވެ. މިގޮތުން މުދަލުގެ ކަވަރޭޖް ހޯދުމަށް ފަހު ވެބްސައިޓުގައި ވައުޗަރު ނަމްބަރު ޖަހާފައި ބޭނުންވާ އޮޕްޝަން ހިޔާރު ކުރެވޭނެ އެވެ. މިގޮތުން 10 އޮޕްޝަނެއް އެލައިޑުން ވަނީ ހިމަނާފަ އެވެ. އަދި އާއްމުކޮށް ގޭގައި ބޭނުންކުރާ 60 އެއްޗެއްގެ ލިސްޓެއް ވެސް ވަނީ ހިމަނާފަ އެވެ. މި ޕެކޭޖު ނަގާނަމަ ގޭގައި ހުރި މުދަލުގެ ފޮޓޯ ވެސް ވެބްސައިޓަށް އަޕްލޯޑް ކޮށްލަން ޖެހޭނެ އެވެ. އޭރުން ފަސޭހަ ކަމާއެކު މި އިންޝުއަރެންސް އެކްޓިވޭޓް ވާނެ އެވެ.