ބޮލީވުޑް

ސްރީ ދޭވީ މަރުވެއްޖެ

ބޮލީވުޑްގެ ފުރަތަމަ އަންހެން ސްޕަސްޓާ ސްރީ ދޭވީ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ސްރި ދޭވީ މަރުވިިއިރު އުމުރަކީ 54 އަހަރެވެ.

އޭނާ މަރުވީ ފިރިމީހާ ބޯނީ ކަޕޫރްގެ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓާ އެވެ. މަރުވިއިރު ކައިރީގައި ބޯނީ އާއި ހަގު ދަރި ހުޝީ ތިބި ކަމަށްވެ އެވެ.

މުޅި ބޮލީވުޑް ދަނީ ސްރި ދޭވީގެ ކުއްލި ވަކިވުމާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ.

މިސްޓަ އިންޑިއާ އާއި ޗާންދަނީ ފަދަ ފިލްމްތަކުން އެތައް ބައެއްގެ ލޯބި ހޯދި ސްރި ދޭވީ އެން މެފަހުން ފެނުނީ މިދިޔަ އަހަރު ނެރުނު ފިލްމް، "މަމް" އިންނެވެ. އޭގެ ކުރިން އޭނާގެ ކަމްބެކް ފިލްމްގެ ގޮތުގައި "އިންގްލިޝް ވިންގްލިޝް" ފެނިގެން ދިޔަ އެވެ.