ރައީސް އޮފީސް

އީސީ މެންބަރު ކަމަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެއީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީގެ މެންބަރު ކަމުން ސުލެއިމާން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަމެއް އަދިވެސް ސާފެއް ނުވެ އެވެ. އޭނާގެ އިތުރުން އެ ކޮމިޝަންގެ ސެކެޓަރީ ޖެނެރަލް އަހުމަދު އަލީ ވެސް ވަނީ އިސްތިއުފަ ދެއްވާފަ އެވެ.

އެ ކޮމިޝަނަށް މެންބަރަކު ހޯދަން އިއުލާންކޮށްފައި ވަނީ ރިޔާސީ އިންތިހާބަށް ވެސް ތައްޔާރުވަމުން ދަނިކޮށެވެ.