އަންނަ ހަފްތާގެ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އާދިއްތަ ދުވަސް ބަންދުކުރިއިރު އޭގެ ކުރިއަށް އޮތް ހޮނިހިރު ދުވަސް -- ސެޕްޓެމްބަރު 30 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ހަރަކާތްތެރިވާނެތީ އިލެކްޝަންސް ކޮމިޝަންގެ ހުށަހެޅުމަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބު ތަކުގައި ވޯޓުލާ ދުވަހާ އަދި ޖެހިގެން އަންނަ ދުވަސް މިފަހުން އާންމު ގޮތެއްގައި ސަރުކާރުން ބަންދުކުރެ އެވެ.