މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މާދަމާ ސަރުކާރު ބަންދުކުރީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިއުމާ ގުޅިގެން އެކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެ އިންތިހާބުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.