ރައްޔިތުންގެ މަޖިލިސް

ޖަޕާން ސަފީރު ކަމަށް ނަމެއް ހުށަހަޅުއްވައިފި

Feb 26, 2018
1

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވި ސިޓީފުޅު ޖަލްސާގައި އިއްވެވި އިރު ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މ. ފޭމަންސް، އިބްރާހީމް އުވައިސްގެ ނަމެވެ.

އޭނާގެ ނަންފުޅު ހުށަހެޅުމުން އެ ނަމަށް މަޖިލީހުގެ ރުހުން ދިނުުމުގެ ކުރިން ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އުވައިސްގެ ނަން ފޮނުވި އިރު އެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިހާރު ސްރީލަންކާގެ ދިވެހި ސަފީރު ކަމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.