ވިޔަފާރި

އުރީދޫން 5ޖީ ތައާރަފްކޮށް، 5ޖީ ލިބޭ ފުރަަތަމަ ގައުމަކަށް ގަތަރު

Feb 26, 2018

ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދޭ، އުރީދޫ މޯލްޑިވްސްގެ މައި ކުންފުނިން ގަތަރުގައި 5 ޖީ ތައާރަފުކޮށް މި ހިދުމަތް ފުރަތަމަ ލިބޭ ގައުމަކަށް ހަދައިފި އެވެ.

އުރީދޫން "އިވޮލިއުޝަން 5ޖީގެ" ގެ ނަމުގައި މި ހިދުމަތް ތައާރަފް ކުރީ ސްޕޭންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. މި ހިދުމަތް އެ ކުންފުނިން ގަތަރުގައި ތައާރަފުކޮށްފައިވަނީ 2.3 ޖީބީޕީއެސްގެ ސްޕީޑުގައި އެވެ.

އުރީދޫ ގްރޫޕުން ބުނެފައިވަނީ މި ހިދުމަތަކީ މިހާރު ބޭނުންކުރާ 4 ޖީއަށް ވުރެ ދެ ގުނަ ފާސްޓް ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން އިންޑަސްޓްރީތަކުގެ މަސައްކަތް ހަލުވިވެ، ރޮބަޓް ބޭނުން ކޮށްގެން ހަދާ ސާޖަރީ ތަކާއި ވާޗުއަލް ރިއަލިޓީ ގޭމްތަކަށް ވެސް މުހިންމުވާނެ ކަމަށެވެ.

އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައީދު ވިދާޅުވީ މި ހިދުމަތަކ އުރީދޫ ސްމާޓް ސިޓީ" ތަސައްވަރު ކާމިޔާބުވާން ލިބޭ ބާރެއް ކަމަށެވެ.

އުރީދޫން 5 ޖީ ދުނިޔެ އަށް ތައާރަފުކޮށް، ބަދަލު ގެނެސްދިންއިން އުރީދޫ މޯލްޑިވްސް އިން ދަނީ ރާއްޖޭގައިވެސް އާ ހިދުމަތްތަކެއް ގެނެސްދެމުންނެވެ.