ބޮލީވުޑް

ޓައިގާ ޒިންދާ ހޭގެ ރެކޯޑް ޕަދްމާވަތް މުގުރާލައިފި

"ޕަދްމާވަތް" އަކީ މިއަހަރު ބޮލީވުޑްގައި ރިލީޒްކުރި ފުރަތަމަ ބޮޑު ފިލްމަށްވެފައި، ސިނަމާގައި މިހާރު އެ ފިލްމު ދައްކަމުންދާތާ މި ވަނީ މަހެއްވެފަ އެވެ.

މަޝްހޫރު ޑައިރެކްޓާ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކޮށް، ދީޕިކާ ފަދުކޮނީ އާއި ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާ މި ފިލްމު ސިނަމާއަށް އައީ ގިނަ ހަމަނުޖެހުންތަކަކާއެކު ދިގު އިންތިޒާރަކަށްފަހު އެވެ. ފިލްމު ރިލީޒްކުރުމާއެކު ބެލުންތެރިންގެ ތައުރީފު ފިލްމަށް ދަނީ އޮހެމުންނެވެ.

މިހާރު މި ފިލްމު ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 500 ކަރޯޑު ހޯދާފަ އެވެ. އެއާއެކު މި ފިލްމު މިހާރު ވަނީ މީގެ ކުރިން މި މަގާމު ދިފާއުކޮށްފައި އޮތް ސަލްމާން ހާންގެ ފިލްމު "ޑައިގާ ޒިންދާ ހޭ" ފަހަތަށް ޖައްސާލާ ރެކޯޑު ގާއިމްކޮށްފަ އެވެ.

ޕަދްމާވަތް މިހާރު ވަނީ އިތުރު ލިސްޓެއްގެ ކުރިން ވެސް ޖާގަ ހޯދާފަ އެވެ. އެންމެ ވިޔަފާރީ ރަނގަޅު ހިންދީ ފިލްމުތަކުގެ ލިސްޓުގެ ހަތް ވަނަ މަގާމަށް އަރާފަ އެވެ.

ސަލްމާން ހާން މިދިޔަ ޑިސެމްބަރު 22 ގައި ރިލީޒްކުރި އެ ފިލްމަށް ކްރިޓިކުންނާއި ބެލުންތެރިންގެ ބޮޑު ތައުރީފެއް ލިބުނެވެ.

އިންޑިއާގެ ބޮކްސް އޮފީހަށް ބަލާލާނަމަ މި ފިލްމަށް މިހާތަނަށް 286 ކަރޯޑު ލިބިފައިވެ އެވެ. އެއާއެކު މި ފިލްމު މިހާރު ވަނީ އާމިރް ހާންގެ ފިލްމު "ދޫމް 3" ގެ ރެކޯޑުވެސް ފަހަތަށް ޖައްސާލާފަ އެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ފިލްމު 300 ކަރޯޑު ހޯދާނެ އެވެ.