މެޖިކް ޕެކްތަކާއި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަރަށް ތަފާތު ދެ އެޑް-އޮން ތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް، އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ ޕްރޮޑަކްޓުތަކަށް ނުވަތަ ޑިޖިޓަލް ހިދުމަތްތަކަށް ބަލާލިކަމުގައި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސް ދިނުމަށް ކަމަށެވެ. އަދި މިއަދު މި ތައާރަފްކުރެވުނު އައު، އަދި ވަރަށް ތަފާތު ދެ ޕެކް ބޭނުންކޮށް، ހެޔޮއަގުގައި ގިނަ ފައިދާތަކެއް ހޯދުމަށް ދައުވަތު އަރުވާ ކަމަށެވެ.
އުރީދޫ މެޖިކް ޕެކްތަކުގެ ތެރޭގައި ހިމެނެނީ:
- މެޖިކް އަންލިމިޓެޑް 102 ޕެކް
އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯ އަށް އަލަށް އިތުރުކުރެވުނު މެޖިކް އަންލިމިޓެޑް ޕެކް މެދުވެރިކޮށް، އެންމެ 102 ރފ. އަށް، އުރީދޫ ނެޓްވަރކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލާ ގުޅޭނެ އެވެ. މި ޕެކްގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަރަކަށް ގުޅާލެވޭނެ އެވެ.
ޕެކް ޚިޔާރުކުރެއްވުމަށް، "102" ޖެއްސެވުމަށް ފަހު 1111 އަށް ފޮނުއްވާ.
- ޕެޖިކް ޑޭޓާ 202 ޕެކް
މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، 2 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓާ ލިބުމުގެ އިތުރުން، 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ލިބެ އެވެ. މިގޮތުން މެޖިކް ޑޭޓާ 202 މެދުވެރިކޮށް ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކް ޚިޔާރުކުރުމުގެ ކުރިންވެސް ބަލާލުމަށް، *200*202# އަށް ގުޅާލައްވާށެވެ. މި ހާއްސަ ޕެކް އާއި އެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާ އަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި އެވެ. މި ޕެކް ހިޔާރުކުރެއްވުމަށް، "202" ޖެއްސެވުމަށް ފަހު 5555 އަށް ފޮނުއްވާ.