ސެލްފީ ނެގުމަށް ދެވި ހިފާފައި ތިބޭ މީހުންގެ ވާހަކަތައް އަބަދުވެސް އިވެ އެވެ. ޖުނައިދު އަހްމަދު އަކީވެސް އޭގެ ތެރެއިން އެކަކެވެ.
އުމުރުން 22 އަހަރު ޖުނައިދު ދުވާލަކު 200 ސެލްފީ ނަގަ އެވެ. އޭނާ ނަގާ ސެލްފީތައް އަޕްލޯޑުކުރަމުން ދަނީ އޭނާގެ އިންސްޓަގުރާމަށެވެ. އިންސްޓަގުރާމުގައި އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ ބައި ލައްކައަށްވުރެ މަތީގަ އެވެ.
އިންސްޓަގުރާމަށް ސެލްފީއެއް ލާއިރު އޭނާ ވަރަށް ވިސްނަ އެވެ. ސެލްފީ ލާ ގަޑިއަކީ އޭނާއަށް ބަރާބަރަށް ލައިކްސް ލިބޭނެ ގަޑިއެއްތޯ ވިސްނާފައި ނޫނީ އެންމެ ސެލްފީއެއް ވެސް އަޕްލޯޑެއް ނުކުރެ އެވެ. ސެލްފީއަކަށް 600 އަށް ވުރެ މަދުން ލައިކްސް ލިބިއްޖެނަމަ އޭނާ އެ ސެލްފީއެއް ޑިލީޓް ވެސް ކޮށްލަ އެވެ.
"އަހަރެން އިންސްޓަގުރާމަށް ސެލްފީއެއް ލާ ތަނުން މިނެޓެއް ތެރޭގައި އާންމުކޮށް 100 ލައިކްސް ލިބޭ. އަހަރެން ވަރަށް އުފާވޭ އެހެންވެ."
ސެލްފީ އާއި ބެހޭގޮތުން މެލޭޝިއާގެ ނޮޓިންހަމް ޔުނިވާސިޓީ އާއި އިންޑިއާގެ ތިއަގަރާޖަރް ސްކޫލް އޮފް މެނޭޖްމަންޓް ގުޅިގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ސެލްފީ ނަގަން ދެވި ހިފުމަކީ "ސެލްފިޓިސް" ކިޔާ ނަފްސާނީ ހާލަތެކެވެ. ކޮންމެ ދުވަހު ހަ ސެލްފީއަށްވުރެ ގިނަ އިން ނަގާ އެ ސެލްފީތައް އަޕްލޯޑް ކުރުމަށް ދެވިހިފާފައި ތިބޭ މީހުންނަށް ކިޔަނީ "ކްރޯނިކް ސެލްފިޓިސް" އެވެ.
މާ ގިނައިން ސެލްފީ ނަގާތީ ގާތް މީހުނާއި ރަހުމަތްތެރިން ބައެއް ފަހަރު ހިތްހަމަ ނުޖެހިގެން އުޅޭ ކަމަށް ޖުނައިދު ވެސް ބުނެ އެވެ.
"އެއްކޮށް ތަންތަށް ގޮސް އުޅޭއިރު ނޫނީ ތާކަށް ކާން ގޮއްސަ އުޅޭއިރު އެމީހުން ބުނާނެ ފޮޓޯއެއް ނުނަގާ ހަމަ ނުކެވޭހޭ؟
އެމީހުން އެހެން ބުނީމަ އަހަރެން ބުނަން އާނއެކޭ. ތިން ގަޑިއިރު ރީތިވުމަށް ހޭދަކޮށްގެން އައީ ހަމައެކަނި ކާކަށް ނޫނޭ. ފޮޓޯއެއް ނުނެގެންވީ ވެސް ކީއްވެހޭ؟"
ޖުނައިދު ޕޯސްޓުކުރާ ސެލްފީތަކަށް މީހުން މަލާމަތްކޮށް އެތައް ކޮމެންޓެއް ކޮށްފައި ވެސް ހުރެ އެވެ. އެކަމަކު އެކާމާއި އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ސެލްފީ އެހާ ގިނައިން ނަގާތީ މޫނު މަތި ރީތި ކުރުމަށް އޭނާ އެކި ކަހަލަ އެއްޗެހި ބޭނުންކޮށްފައި ހުންކަމަށް ބުނިއިރު، އެކަމާއި ގުޅުވައިގެން ވެސް މީހުން އެއްޗެހި ކިޔާފައި ހުރެ އެވެ.
"މީގެ އަހަރެއްހާ ދުވަސް ކުރިން އަހަރެން ހުރީ މިހެނެއްވެސް ނޫން. ވަރަށް ނެޗުރަލްކޮށް ހުރީ. އެކަމަކު އަހަރެން ޝޯޝަލް މީޑިއާއަށް ޖެހުނު ލޯތްބެއްގެ ބޮޑު ކަމުން ރީތިވުމަށް މަސައްކަތް ފެށީ. ޒީނަތްތެރި ވުމުގެ ގޮތުން އަހަރެން އެތަށް ކަމެއް ކުރިން،
"ދަތްތައް ރީިތިކޮށް، ކޮލާއި ދަތްދޮޅި އަދި ތުންފަތް ރީތި ކުރުމަށް ފިލާސް ޓްރީމްންޓް [ގުނަވަންތައް ޒީނަތްތެރިކުމަށް އިންޖެކްޝަން ޖަހައިގެން ކުރާ ކޮސްމެޓިކް ޕްރޮސީޖާއެއް] ކުރިން. ލޮލާއި ބޯ އޭނާ ބޮޓޮކްސް ކުރިއިރު، ބުމަ ޓޭޓޫ ވެސް ކުރިން. އަދި ފެޓް ޕްރީޒް [ހަށިގަނޑުގައި ހުންނަ ސަރުބީތައް ނައްތާލުމަށް ކުރާ ޓްރީޓްމަންޓެއް] ހެދިން." އޭނާ ބުންޏެވެ
އިނގެރޭސިވިލާތުގެ ރަށެއް ކަމަށްވާ އެސެކްސްއަށް ނިސްބަތްވާ ޖުނައިދު ބުނީ ޝޯޝަލް މީޑިއާއަކީ ކިހާ ނުރައްކާތެރި ތަނެއްކަން އޭނާއަށް އެނގޭ ކަމަށާއި އެކަމަކު އެކަން އޭނާ އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ.
"ޝޯޝަލް މީޑިއާ އިން ފެންނަ ކޮންމެ އެއްޗަކީ ހަގީގަތެއް ނޫން. ރަނގަޅު ގޮތުގައި ބޭނުން ކުރަންޏާ ޝޯޝަލް މީޑިއާ އަކީ ވަރަށް މަޖާވެސް ތަނެއް ހަމަ. އެކަމަކު އިންސްޓަގުރާމް ކަހަލަ ތަނެއްގައި ވަކި މީހަކު އުޅޭ ގޮތަށް އުޅެން އުޅޭނެ ކަމެއް ނެތް. އެއީ ބޭކާރު ކަމެއް." އަމިލައް ގޮތުގައި ހުރުމަށް އިޝާރަތް ކުރަމުން އޭނާ ބުންޏެވެ.