ހޮލީވުޑް

ޖޭމްސް ބޮންޑުގެ ޑައިރެކްޓަރު މަރުވެއްޖެ

މަޝްހޫރު ސްޕައި ފިލްމު ސީރީޒް "ޖޭމްސް ބޮންޑު" ގެ ޑައިރެކްޓަރު ލުއިސް ގިލްބަޓް މަރުވެއްޖެ އެވެ.

ލުއިސް މަރުވިއިރު އޭނާގެ އުމުރަކީ 97 އަހަރެވެ. އިނގެރޭސިިވިލާތުގެ ލަންޑަނަށް އުފަން ލުއިސް ފިލްމީ ދާއިރާއަށް އެންމެ ފުރަތަމަ ނިކުތީ ޗައިލްޑް އެކްޓާއެއްގެ ގޮތުގަ އެވެ.

ލުއިސްގެ ދަރިފުޅު ޖޯން ގިލްބަޓް، މިހާރު ވަނީ ބައްޕަ މަރުވިކަން ބީބީސީއަށް ކަށަވަރުކޮށްދީފަ އެވެ. ޖޯން ބުނީ ބައްޕަ މަރުވީ މޮނަކޯގައި އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ ކުއްލި ގޮތަކަށް ކަމަށެވެ. ލުއިސް މަރުވިއިރު އޭނާ ދިޔައީ ޑެމެންޝިއާ -- ހަނދާން ނެތޭ ބަލި -- ތަހައްމަލު ކުރަމުން ކަމަށް ޖޯން ބުންޏެވެ.

ފިލްމީ ދާއިރަށް ހިދުމަތްކުރުމުގައި ފަސްތޮޅަހެއްހާ އަހަރު ހޭދަކޮށްފައިވާ ލުއިސް، 40 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. ޖޭމްސް ބޮންޑުގެ ފިލްމެއް އޭނާ އެންމެ ފުރަތަމަ އުފެއްދީ 1967 ވަނަ އަހަރު އެވެ. އެ ސީރީޒްގެ ތިން ފިލްމެއް އޭނާ ޑައިރެކްޓުކޮށްފައިވެ އެވެ.

ލުއިސްއަށް ޑައިރެކްޓުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމީޔާބީއެއް ލިބުނީ 1966 ވަނަ އަހަރު ނިކުތް "އަލްފީ" އަށެވެ. އެ ފިލްމު ފަސް ފަހަރެއްގެ މަތިން އޮސްކާއަށް ނޮމިނޭޓުވެފައިވެ އެވެ.

އޭނާގެ މަޝްހޫރު އިތުރު ފިލްމުތަކުގެ ތެރޭގައި "ޝާލީ ވެލަންޓައިން" އާއި "ރީޗް ފޯ ދަ ސްކައި އެންޑް ކާވް ހާ ނޭމް ވިތް ޕްރައިޑް" ހިމެނެ އެވެ.

ލުއިސް ޑައިރެކްޓުކުރި ފިލްމަކަށް އެންމެފަހުން ނިކުތީ 2002 ވަނަ އަހަރު ނިކުތް "ބިފޯ ޔޫ ގޯ" އެވެ.