ހަބަރު

އެކްޓިން ސީޕީ ނަވާޒް ފުލުހުންނާ ބައްދަލުކޮށް ޝުކުރުއަދާކޮށްފި

Feb 28, 2018
5

ފުލުހުންގެ މުއައްސަސާއާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

އެކްޓިން ކަމިޝަނާ ނަވާޒު ފުލުހުންގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާފައިވަނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ނަވާޒު މިއަދު ފުލުހުންނާ ބައްދަލުކުރައްވައި، ފުލުހުން ކުރާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައިވާ ކަމަށެވެ.

ފުލުހުންނަށް މިހާރު ދޭ އިނާޔަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށްގެންދަން ކުރަމުންދާ ބައެއް ކަންކަން ފާހަގަކޮށް އެކަންކަމުގެ މައުލޫމާތު ދެއްވި ކަމަށް އެއިދާރާއިން ބުންޏެވެ. އަދި ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ނަވާޒު ފާހަގަކުރެއްވި ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.