ހަބަރު

އެންއައިސީގެ ރައީސްކަމަށް ސުލައިމާން އައްޔަންކޮށްފި

Mar 1, 2018
6

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމަށް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާނު އައްޔަން ކުރައްވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށާއި އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް ސުލައިމާނު އައްޔަން ކުރެއްވީ މިއަދު އެވެ.

ލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އިރު ފާޑު ކިޔުންތައް އަމާޒުވެފައިވާ ސުލައިމާން އެ ކޮމިޝަނުގުގެ ރައީސްކަމާއި މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ އަށް އެންއައިސީއަށް ސުލައިމާން އައްޔަންކުރެއްވުމަށް ނަން ހުށަހަޅުއްވައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު، ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުގެ މަގާމުން ވަކިކުރެއްވުމުންނެވެ.