ހަބަރު

އަމަން ނަގާލުމުގެ ތުމުހުމަތަށް ފަލާޙާއި އަމީތާއި އަބުޅޯ ފުލުހަށް

Mar 1, 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މާލެ ތެރޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ތިން މެންބަރަކު މިއަދާއި މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިިރުވާން ޗިޓް ފޮނުވާފައިވާ ތިން މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހަށެވެ.

އަބުޅޯ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 އަށެވެ. ފަލާހު މިރޭ 9:00 ގައި ފުލުހަށް ޙާޒިރުވާން އަންގާފައިވާއިރު އަމީތަށް އަންގާފައިވަނީ މިރޭ 10:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.