ވިޔަފާރި

ޓޫރިޒަމް އާމްދަނީ އިތުރު ކުރާނެ ގޮތް ދަސްކޮށްދެނީ

Mar 2, 2018
1

ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނި އިތުރު ކުރާނެ ގޮތް ކިޔައި ދޭން "މޯލްޑިވްސް ހޮޓެލް ރެވެނިއު ސަމިޓް" ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ (ސީއެމްއޭ) އިން ބާއްވާ "މޯލްޑިވްސް ހޮޓެލް ރެވެނިއު ސަމިޓް" އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެމްއެންޔޫ ބިޒްނަސް ސްކޫލްގަ އެވެ.

ޓޫރިޒަމް ދާއިރާގެ އާމްދަނީ އިތުރު ކޮށްދޭނެ ހުނަރުތައް ދަސްކޮށް ދިނުމަށް ބާއްވާ މި ސަމިޓުގައި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ބައިވެރިވާނެ އެވެ.

ސީއެމްއޭ އިން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގެސްޓްހައުސްތަކާއި ރިސޯޓު އަދި ހޮޓާތަކުގެ އިތުރުން ސަފާރީތަކާއި މީނޫންވެސް ފަރާތްތަށް ހާއްސަކޮށް ބާއްވާ މި ސަމިޓުގައި ޓޫރިޒަމް ޕްރޮޑްކްޓްތައް ވިއްކުމުގެ ހުނަރުތައް ކިޔައިދޭނެ އެވެ.

ސީއެމްއޭއިން މީގެ ކުރިން ވަނީ މާކެޓިން ދާއިރާއަށް ހާއްސަކޮށް މޯލްޑިވްސް މާކެޓާސް ފޯރަމްގެ ނަމުގައި މާކެޓިން ދާއިރާއަށް ހާއްސަ ވޯކްޝޮޕެއްވެސް ބާއްވާފަ އެވެ.