ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގެ ތަނބު ފުޅާ ކުރަނީ ޕްލޭންކުރި ގޮތަށް: މުއިއްޒު

ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ތަނބެއް ސައިޒް ދިމާ ނުވެގެން އަލުން ފުޅާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާފައިވާ ފޮޓޯއިން ފެންނަނީ ތަނބުތަކުގެ ފުޅާމިން އެއްވަރު ކުރަން " ކޮންކްރީޓް ޖެކެޓެއް" ލާ މަންޒަރުކަމަށާއި އެއީ ކުރިން ޕްލޭން ކޮށްފައިވާ ގޮތަށް ކުރާ ކަމެއް ކަަމަށް ހައުަސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަނބުގެ ފޮޓޯއަކާއެކު މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އެެއީ އިމާރާތުގެ އޮނިގަނޑާއި ރައްކާތެރިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

"އެހެންވީމާ ފޮޓޯއިން ފެންނަ މަސައްކަތަކީ އިމާރާތުގެ އޮނިގަނޑާ ނުވަތަ ސަލާމަތާ ގުޅުން ހުރި ކަމެއް ނޫން،" މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ތަނބެއްގައި އަލުން ތައްގަނޑުތައް ހަރުކޮށް ކޮންކްރީޓް އަޅާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާ އެކްޓިވިސޓް ތޮއްޔިބު ޝަހީމް މިއަދު އާއްމު ކުރިއެވެ. އެފޮޓޯއާ އެކު ކުރި ޓްވީޓުގައި އޭނާ ވަނީ އެކަމުގެ ސަބަބުންް ދިގުމުއްދަތުގައި އިމާރާތުގެ ސަލާމަތްތެރިކަމާ ސުވާލު އުފެދޭ ކަަމަށް ތުހުމަތުކޮށްފައެވެ. އަދި އެއީ ބޮޑު ކޮރަޕްޝަނެއް ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައި ވެއެވެ.

މުއިއްޒުގެ ޓްވީޓުގައި ތޮއްޔިބުގެ ޓްވީޓަށް ސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައި ނުވިޔަސް ތަފުސީލުކޮށް ދެއްވާފައި ވަނީ އޭނާ ސުވާލު އުފެއްދި ކަންތަކެވެ.