ހޮލީވުޑް

އެވެންޖާސް: އިންފިނިޓީ ވޯ ރިލީޒްކުރުން އަވަސްކޮށްފި

މިހާރު އެންމެ އިންތިޒާރު ކުރެވޭ މާވެލް ސްޓޫޑިއޯގެ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ރިލީޒްކުރާ ތާރީހު އަވަސްކުރިކަން އެ ސްޓޫޑިއޯ އިން ހާމަކޮށްފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ފިލްމު ރިލީޒްކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ މެއި ހަތަރެއްގަ އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒްކުރާ ތާރީހު އޭޕްރީލް 27 އަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ސްޓޫޑިއޯ އިން މިކަން އިއުލާނުކުރީ ތަފާތު ގޮތަކަށެވެ. ފިލްމު ރިލީޒްކުރާ ތާރީހު އިއުލާނުކުރީ ޑިޒްނީގެ ފިލްމު "ޑެޑްޕޫލް" އަދި މި ފިލްމުގައި ވެސް ފެނިގެންދާނެ އެކްޓާ ރޮބާޓް ޑައުނީ ޓުވިޓާގައި ކުރި ސުވާލަކަށް ދިން ޖަވާބުދިނުމުގެ ގޮތުން ކުރި ޓުވީޓަކުންނެވެ. އެ ތްރެޑް ކޮންވަޒޭޝަން ދިޔަ ގޮތް ތިރީގައި އެވަނީ އެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހު އަވަސްކުރުމާއެކު ޑިޒްނީގެ ދެ ފިލްމަކަށް އޮތް ޕްރެޝަރު ކުޑަވެގެންދާނެ އެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ ޑިޒްނީ އާއި ފޮކްސް ގުޅިގެން ގެނެސްދޭ ފިލްމު "ޑެޑްޕޫލް 2" އެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މެއި 18 ގަ އެވެ. ދެން އޮތް ފިލްމަކީ ޑިޒްނީ އާއި ލޫކަސްފިލްމްސް ގުޅިގެން ގެނެސްދޭ "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" އެވެ. އެ ފިލްމު ރިލީޒްކުރާނީ މެއި 25 ގަ އެވެ.

އެވެންޖާސް ސިލްސިލާގެ މި ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރުމާއެކު ފުރަތަމަ ހަފްތާ ތެރޭގައި ބޮކްސް އޮފީހުގައި އެ ފިލްމުގެ ވިޔަފާރީ ރަނގަޅުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ ހަމަ ފިލްމު ރިލީޒްކުރާ ދުވަހު ޗައިނާގެ މާކެޓުގައިވެސް ފިލްމު ދައްކައިފިނަމަ ކަމަށް އެނަލިސްޓުން ލަފާކުރެ އެވެ.

މި ފިލްމުގައި މާވެލް ސިިނަމެޓިކް ޔުނިވާސްގެ ގިނަ އަދަދެއްގެ ސުޕަހީރޯ ކެރެކްޓާސްތައް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ބްލެކް ޕެންޗާ، ސްޕައިޑާ މޭން، ކެޕްޓަން އެމެރިކާ، ތޯރް، ހަލްކް، އަޔަން މޭން އަދި ބްލެކް ވިޑޯ އާއި އިތުރު ކެރެކްޓާސްތައް ފެންނާނެ އެވެ.

މި ކެރެކްޓާސްތަކުގެ ރޯލުންވެސް ފެނިގެންދާނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ގުޅޭ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.